The Quran in Divehi - Surah Tin translated into Divehi, Surah At-Tin in Divehi. We provide accurate translation of Surah Tin in Divehi - المالديف, Verses 8 - Surah Number 95 - Page 597.

| بِّسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ وَالتِّينِ وَالزَّيْتُونِ (1) ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ |
| وَطُورِ سِينِينَ (2) އަދި طورسينا ގަންދެއްވަމެވެ |
| وَهَٰذَا الْبَلَدِ الْأَمِينِ (3) އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ |
| لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ (4) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ |
| ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ (5) ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ |
| إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ (6) إيمان ވެ صالح عمل ތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ |
| فَمَا يُكَذِّبُكَ بَعْدُ بِالدِّينِ (7) އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު إنكار ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟ |
| أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ (8) حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟ |