The Quran in Divehi - Surah Sharh translated into Divehi, Surah Ash-Sharh in Divehi. We provide accurate translation of Surah Sharh in Divehi - المالديف, Verses 8 - Surah Number 94 - Page 596.
أَلَمْ نَشْرَحْ لَكَ صَدْرَكَ (1) ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ |
وَوَضَعْنَا عَنكَ وِزْرَكَ (2) އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ |
الَّذِي أَنقَضَ ظَهْرَكَ (3) އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ |
وَرَفَعْنَا لَكَ ذِكْرَكَ (4) އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ |
فَإِنَّ مَعَ الْعُسْرِ يُسْرًا (5) ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ |
إِنَّ مَعَ الْعُسْرِ يُسْرًا (6) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ |
فَإِذَا فَرَغْتَ فَانصَبْ (7) (ފަހެ، ކަލޭގެފާނު) دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން (އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު) އަޅުކަން ކުރެއްވުމުގައި (ވަރުބަލިވެ ވަޑައިގަންނަވާށެވެ) |
وَإِلَىٰ رَبِّكَ فَارْغَب (8) އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ |