القرآن باللغة المالديف - سورة الشرح مترجمة إلى اللغة المالديف، Surah Sharh in Divehi. نوفر ترجمة دقيقة سورة الشرح باللغة المالديف - Divehi, الآيات 8 - رقم السورة 94 - الصفحة 596.

| أَلَمْ نَشْرَحْ لَكَ صَدْرَكَ (1) ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ |
| وَوَضَعْنَا عَنكَ وِزْرَكَ (2) އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ |
| الَّذِي أَنقَضَ ظَهْرَكَ (3) އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ |
| وَرَفَعْنَا لَكَ ذِكْرَكَ (4) އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ |
| فَإِنَّ مَعَ الْعُسْرِ يُسْرًا (5) ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ |
| إِنَّ مَعَ الْعُسْرِ يُسْرًا (6) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ |
| فَإِذَا فَرَغْتَ فَانصَبْ (7) (ފަހެ، ކަލޭގެފާނު) دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން (އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު) އަޅުކަން ކުރެއްވުމުގައި (ވަރުބަލިވެ ވަޑައިގަންނަވާށެވެ) |
| وَإِلَىٰ رَبِّكَ فَارْغَب (8) އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ |