وَالْمُرْسَلَاتِ عُرْفًا (1) ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި، |
فَالْعَاصِفَاتِ عَصْفًا (2) އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި، |
وَالنَّاشِرَاتِ نَشْرًا (3) އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި، |
فَالْفَارِقَاتِ فَرْقًا (4) حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި، |
فَالْمُلْقِيَاتِ ذِكْرًا (5) އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ |
عُذْرًا أَوْ نُذْرًا (6) عذ ر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ |
إِنَّمَا تُوعَدُونَ لَوَاقِعٌ (7) ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ |
فَإِذَا النُّجُومُ طُمِسَتْ (8) ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ |
وَإِذَا السَّمَاءُ فُرِجَتْ (9) އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ |
وَإِذَا الْجِبَالُ نُسِفَتْ (10) އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ |
وَإِذَا الرُّسُلُ أُقِّتَتْ (11) އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ |
لِأَيِّ يَوْمٍ أُجِّلَتْ (12) އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟ |
لِيَوْمِ الْفَصْلِ (13) ނިޔާކުރައްވާ ދުވަހަށެވެ |
وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ (14) އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (15) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ |
أَلَمْ نُهْلِكِ الْأَوَّلِينَ (16) ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟ |
ثُمَّ نُتْبِعُهُمُ الْآخِرِينَ (17) ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ |
كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ (18) ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (19) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ |
أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ (20) ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ |
فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ (21) ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ |
إِلَىٰ قَدَرٍ مَّعْلُومٍ (22) އެނގިގެންވާ މުއްދަތަކަށެވެ |
فَقَدَرْنَا فَنِعْمَ الْقَادِرُونَ (23) ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (24) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ |
أَلَمْ نَجْعَلِ الْأَرْضَ كِفَاتًا (25) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ |
أَحْيَاءً وَأَمْوَاتًا (26) ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ |
وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا (27) އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (28) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ |
انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ (29) (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ |
انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ (30) ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ |
لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ (31) (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ |
إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ (32) ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ |
كَأَنَّهُ جِمَالَتٌ صُفْرٌ (33) އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (34) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ |
هَٰذَا يَوْمُ لَا يَنطِقُونَ (35) މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ |
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ (36) އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (37) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ |
هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ (38) (وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ |
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ (39) ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (40) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ |
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ (41) ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ |
وَفَوَاكِهَ مِمَّا يَشْتَهُونَ (42) އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ |
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ (43) (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ |
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ (44) إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (45) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ |
كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ (46) (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (47) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ |
وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ (48) ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ |
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (49) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ |
فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ (50) ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ |