هَلْ أَتَاكَ حَدِيثُ الْغَاشِيَةِ (1) (ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟) |
وُجُوهٌ يَوْمَئِذٍ خَاشِعَةٌ (2) އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ |
عَامِلَةٌ نَّاصِبَةٌ (3) މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ |
تَصْلَىٰ نَارًا حَامِيَةً (4) ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ |
تُسْقَىٰ مِنْ عَيْنٍ آنِيَةٍ (5) ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ |
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ (6) ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ |
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ (7) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ) |
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ (8) އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ |
لِّسَعْيِهَا رَاضِيَةٌ (9) ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ |
فِي جَنَّةٍ عَالِيَةٍ (10) މަތިވެރިވެގެންވާ ސުވަރުގޭގައެވެ |
لَّا تَسْمَعُ فِيهَا لَاغِيَةً (11) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ) |
فِيهَا عَيْنٌ جَارِيَةٌ (12) ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ |
فِيهَا سُرُرٌ مَّرْفُوعَةٌ (13) އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ |
وَأَكْوَابٌ مَّوْضُوعَةٌ (14) އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ |
وَنَمَارِقُ مَصْفُوفَةٌ (15) އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ |
وَزَرَابِيُّ مَبْثُوثَةٌ (16) އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ |
أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ (17) ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ |
وَإِلَى السَّمَاءِ كَيْفَ رُفِعَتْ (18) އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ |
وَإِلَى الْجِبَالِ كَيْفَ نُصِبَتْ (19) އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެެވެ؟ |
وَإِلَى الْأَرْضِ كَيْفَ سُطِحَتْ (20) އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ |
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ (21) (ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ) |
لَّسْتَ عَلَيْهِم بِمُصَيْطِرٍ (22) އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ |
إِلَّا مَن تَوَلَّىٰ وَكَفَرَ (23) ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ |
فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ (24) ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ |
إِنَّ إِلَيْنَا إِيَابَهُمْ (25) ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ |
ثُمَّ إِنَّ عَلَيْنَا حِسَابَهُم (26) ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ |