لَا أُقْسِمُ بِهَٰذَا الْبَلَدِ (1) އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ |
وَأَنتَ حِلٌّ بِهَٰذَا الْبَلَدِ (2) (ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް) އެބަހީ: مكة (ގަންދެއްވައި ހުވާ وحى ކުރައްވަމެވެ) |
وَوَالِدٍ وَمَا وَلَدَ (3) އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ) |
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ (4) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ |
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ (5) އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
يَقُولُ أَهْلَكْتُ مَالًا لُّبَدًا (6) އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ |
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ (7) އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟ |
أَلَمْ نَجْعَل لَّهُ عَيْنَيْنِ (8) އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟ |
وَلِسَانًا وَشَفَتَيْنِ (9) ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
وَهَدَيْنَاهُ النَّجْدَيْنِ (10) އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ |
فَلَا اقْتَحَمَ الْعَقَبَةَ (11) ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟ |
وَمَا أَدْرَاكَ مَا الْعَقَبَةُ (12) ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
فَكُّ رَقَبَةٍ (13) އެއީ (އަޅަކު މިނިވަންކުރުމެވެ) |
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ (14) ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ |
يَتِيمًا ذَا مَقْرَبَةٍ (15) ގާތްތިމާގެ ޔަތީމަކަށެވެ |
أَوْ مِسْكِينًا ذَا مَتْرَبَةٍ (16) ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ |
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ (17) ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ |
أُولَٰئِكَ أَصْحَابُ الْمَيْمَنَةِ (18) ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ |
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ (19) އަދި ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ |
عَلَيْهِمْ نَارٌ مُّؤْصَدَةٌ (20) އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ |