عَبَسَ وَتَوَلَّىٰ (1) އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ |
أَن جَاءَهُ الْأَعْمَىٰ (2) ލޯޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ |
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ (3) އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ (4) އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ |
أَمَّا مَنِ اسْتَغْنَىٰ (5) އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ |
فَأَنتَ لَهُ تَصَدَّىٰ (6) ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ |
وَمَا عَلَيْكَ أَلَّا يَزَّكَّىٰ (7) އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ |
وَأَمَّا مَن جَاءَكَ يَسْعَىٰ (8) އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ |
وَهُوَ يَخْشَىٰ (9) އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ |
فَأَنتَ عَنْهُ تَلَهَّىٰ (10) ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ |
كَلَّا إِنَّهَا تَذْكِرَةٌ (11) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ آية ތަކަކީ، ހަނދާންކޮށްދިނުމެކެވެ |
فَمَن شَاءَ ذَكَرَهُ (12) ފަހެ، ބޭނުންމީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ |
فِي صُحُفٍ مُّكَرَّمَةٍ (13) އެ قرآن ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ |
مَّرْفُوعَةٍ مُّطَهَّرَةٍ (14) މަތިވެރި، طاهر ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ |
بِأَيْدِي سَفَرَةٍ (15) ދަތުރުކުރައްވާ ملائكة ންގެ އަތްޕުޅުތަކުގައެވެ |
كِرَامٍ بَرَرَةٍ (16) މާތްވެގެންވާ ހެޔޮލަފާ ملائكة ންނެވެ |
قُتِلَ الْإِنسَانُ مَا أَكْفَرَهُ (17) އިންސާނާއަށް لعنة ލެއްވިއެވެ. އޭނާގެ ހުރި كافر ކަމުގެ ބޮޑުކަމާއެވެ |
مِنْ أَيِّ شَيْءٍ خَلَقَهُ (18) އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟ |
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ (19) އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ |
ثُمَّ السَّبِيلَ يَسَّرَهُ (20) ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ |
ثُمَّ أَمَاتَهُ فَأَقْبَرَهُ (21) ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ |
ثُمَّ إِذَا شَاءَ أَنشَرَهُ (22) ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ |
كَلَّا لَمَّا يَقْضِ مَا أَمَرَهُ (23) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ |
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ (24) ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ |
أَنَّا صَبَبْنَا الْمَاءَ صَبًّا (25) ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ |
ثُمَّ شَقَقْنَا الْأَرْضَ شَقًّا (26) ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ |
فَأَنبَتْنَا فِيهَا حَبًّا (27) ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ |
وَعِنَبًا وَقَضْبًا (28) އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ |
وَزَيْتُونًا وَنَخْلًا (29) އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ |
وَحَدَائِقَ غُلْبًا (30) އަދި ގަސްތައްގިނަ ބަގީޗާތަކެވެ |
وَفَاكِهَةً وَأَبًّا (31) މޭވާގެ ބާވަތްތަކާއި ހުއިތަކެވެ |
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ (32) (އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ |
فَإِذَا جَاءَتِ الصَّاخَّةُ (33) ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ |
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ (34) ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ |
وَأُمِّهِ وَأَبِيهِ (35) ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ |
وَصَاحِبَتِهِ وَبَنِيهِ (36) (އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ |
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ (37) އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ |
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ (38) އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ |
ضَاحِكَةٌ مُّسْتَبْشِرَةٌ (39) އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ |
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ (40) އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ |
تَرْهَقُهَا قَتَرَةٌ (41) އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ |
أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ (42) އެއުރެންނީ ހަމަ، ނުލަފާވެގެންވާ كافر ންނެވެ |