إِذَا الشَّمْسُ كُوِّرَتْ (1) އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ |
وَإِذَا النُّجُومُ انكَدَرَتْ (2) އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ |
وَإِذَا الْجِبَالُ سُيِّرَتْ (3) އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ |
وَإِذَا الْعِشَارُ عُطِّلَتْ (4) އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ |
وَإِذَا الْوُحُوشُ حُشِرَتْ (5) އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ |
وَإِذَا الْبِحَارُ سُجِّرَتْ (6) އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ |
وَإِذَا النُّفُوسُ زُوِّجَتْ (7) އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ |
وَإِذَا الْمَوْءُودَةُ سُئِلَتْ (8) އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ |
بِأَيِّ ذَنبٍ قُتِلَتْ (9) އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ |
وَإِذَا الصُّحُفُ نُشِرَتْ (10) އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ |
وَإِذَا السَّمَاءُ كُشِطَتْ (11) އަދި އުޑު ގެންދަވާ ހިނދެވެ |
وَإِذَا الْجَحِيمُ سُعِّرَتْ (12) އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ |
وَإِذَا الْجَنَّةُ أُزْلِفَتْ (13) އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ |
عَلِمَتْ نَفْسٌ مَّا أَحْضَرَتْ (14) ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ |
فَلَا أُقْسِمُ بِالْخُنَّسِ (15) ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ |
الْجَوَارِ الْكُنَّسِ (16) ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ |
وَاللَّيْلِ إِذَا عَسْعَسَ (17) އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ |
وَالصُّبْحِ إِذَا تَنَفَّسَ (18) އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ |
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ (19) ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ |
ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ (20) عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ |
مُّطَاعٍ ثَمَّ أَمِينٍ (21) އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ |
وَمَا صَاحِبُكُم بِمَجْنُونٍ (22) އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ |
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ (23) އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ |
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ (24) އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ |
وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ (25) އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ |
فَأَيْنَ تَذْهَبُونَ (26) ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ |
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ (27) عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ |
لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ (28) ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ |
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ (29) عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ |