إِذَا السَّمَاءُ انشَقَّتْ (1) އުޑުފަޅަފަޅައިގެންދާ ހިނދެވެ |
وَأَذِنَتْ لِرَبِّهَا وَحُقَّتْ (2) އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ |
وَإِذَا الْأَرْضُ مُدَّتْ (3) އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ |
وَأَلْقَتْ مَا فِيهَا وَتَخَلَّتْ (4) އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ |
وَأَذِنَتْ لِرَبِّهَا وَحُقَّتْ (5) އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ |
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ (6) އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ |
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ (7) ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ |
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا (8) ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ |
وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا (9) އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ |
وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ (10) އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ |
فَسَوْفَ يَدْعُو ثُبُورًا (11) ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ |
وَيَصْلَىٰ سَعِيرًا (12) އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ |
إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا (13) ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ |
إِنَّهُ ظَنَّ أَن لَّن يَحُورَ (14) ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ |
بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا (15) އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ |
فَلَا أُقْسِمُ بِالشَّفَقِ (16) ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ |
وَاللَّيْلِ وَمَا وَسَقَ (17) އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ |
وَالْقَمَرِ إِذَا اتَّسَقَ (18) އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ |
لَتَرْكَبُنَّ طَبَقًا عَن طَبَقٍ (19) ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ |
فَمَا لَهُمْ لَا يُؤْمِنُونَ (20) އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟ |
وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ (21) އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ |
بَلِ الَّذِينَ كَفَرُوا يُكَذِّبُونَ (22) އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ |
وَاللَّهُ أَعْلَمُ بِمَا يُوعُونَ (23) އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ |
فَبَشِّرْهُم بِعَذَابٍ أَلِيمٍ (24) ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ |
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ (25) إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ |